އުނގޫފާރުން ކަރަންޓުގައި ޖެހި ހާާލު ސީރިއަސްވި މީހާ މަރުވެއްޖެ

A
10 ޖޫން 2024 19:471 މިނިޓުގެ ކިޔުން
Aa

ރ. އުނގޫފާރުގައި ކަރަންޓުގައި ޖެހުނު ކުއްޖަކު ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ކަރަންޓު ޖެހިގެން ހަލު ސީރިއަސްވި 18 އަހަރުގެ މީހާ މަރުވެއްޖެ އެވެ.

އުނގޫފާރުގައި މިދިޔަ މަހުގެ 23 ވަނަ ދުވަހު ހިނގި ހާދިސާގައި ހާލު ސީރިއަސްވި އެ މީހާ އެންމެ ފުރަތަމަ ފަރުވާ ދިނީ އެ ރަށު ރީޖަނަލް ހޮސްޕިޓަލުގަ އެވެ. އެ ރަށު އައިސީޔޔޫގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެއަށް ގެނެސްފައިވަނީ މިދިޔަ މަހުގެ 25 ދުވަހުގަ އެވެ.

އައިޖީއެމްއެޗުގައި ފަރުވާ ދެމުންދަނިކޮށް އޭނާ މިއަދުގެ ވަގުތެއްގައި ވަނީ މަރުވެފަ އެވެ.

އެ ހާދިސާގައި ކަރަންޓުގައި ޖެހިގެން ވަނީ 12 އަހަރުގެ ކުއްޖަކަށާއި އަށް އަހަރުގެ ކުއްޖަކަށް ވެސް ފަރުވާދީފަ އެވެ. އެ ކުދިންނަށް ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލައިފަ އެވެ

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު