ނިހާންގެ މައްޗަށްކުރާ ހުރިހާ ދައުވާތަކެއް އަނބުރާ ގެންގޮސްފި

A
10 ޖޫން 2024 19:471 މިނިޓުގެ ކިޔުން
Aa

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަދިޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ކޮށްފައިވާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާތައް އަނބުރާ ގެންދަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފި އެވެ.

ޕީޖީ އޮފީހުން ނިހާންގެ މައްޗަށް ރިޝްވަތުގެ ހަތަރު ދައުވާއަކާއި މަނީލޯންޑްރިންގެ ކުރީ 2019 ވަނަ އަހަރުގެ ތެރޭގަ އެވެ.

ޕީޖީ އޮފީހުން ހޯމަ ދުވަހު ބުނީ ނިހާންގެ މައްޗަށް ކުރި ދައުވާތައް އަނބުރާ ގެންދަން ނިންމީ 2021 ވަނަ އަހަރު ސުޕްރީމް ކޯޓުން ނިންމި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލާގެ ހުކުމަށް ރިއާޔަތްކޮށް ބެލިއިރު، ނިހާންގެ މައްޗަށް އެ ދައުވާ ސާބިތުވާނެ ކަމަށް ނުބެލެވޭތީ ކަމަށެވެ.

އެ އޮފީހުން ނިހާންގެ މައްޗަށް ކުރި ދައުވާތަށް އަނބުރާ ގެންދިޔައިރު މަޖިލީހުގެ އިދާރާގެ ބިއުރޯ ޗީފަކަށް އޭނާ މިހާރު ވަނީ ހަމަޖައްސައިފަ އެވެ. އެ މަގާމަށް ނިހާން އައްޔަންކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. ޕާލަމެންޓަރީ ސާވިސް ގަވާއިދުގެ މަޖިލީހުގެ ރައީސްގެ މަސައްކަތަށް އެހީތެރިވުމަށްޓަކައި ތިން މުވައްޒަފަކު ނެގުމުގެ ބާރު މަޖިލީހުގެ ރައީސަށް އޮވެ އެވެ.

ނިހާން އެ މަގާމަށް ހަމަޖެއްސެވުމުން އޭނާ އިއްޔެއިން ފެށިގެން ވަޒީފާއަށް ނިކުންނަން ފަށްޓަވާފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު