މަސްވެރިންނަށް 881 މިލިއަން ރުފިޔާ ދޫކޮށްފިން ބާކީ ނުދެވި އޮތީ 61 މިލިއަން: ޝިޔާމް

A
10 ޖޫން 2024 19:461 މިނިޓުގެ ކިޔުން
Aa

ސަރުކާރުން ވަނީ މަސްވެރިންނަށް 881 މިލިއަން ރޫފިޔާ ދޫކޮށްފައި ކަމަށާއި މަސްވެރިންނަށް ބާކީ ދޭންޖެހިފައިވަނީ 61 މިލިއަން ރުފިޔާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝިޔާމް ވިދާޅުވީ 881 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުން ފެށިގެން މިދިޔަ އެޕްރީލް މަހުގެ ނިޔަލަށް ކަމަށެވެ

މިފްކޯގެ ހަރަދުތައް ކުޑަކޮށްގެން ނޫން ގޮތަކަށް މަސްވެރިންނަށް ފައިސާ ދެވެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވެ ސަރުކާރުގެ އަމާޒަކި

މިފްކޯއިން ތެލަށްކުރާ ހަރަދު ކުޑަކުރުމުގެ ގޮތުން އިޔާދަކުރަނިވި ހަކަތަ ބޭނުން ކުރުން ކަމަށެވެ.

އަދި މިފްކޯގެ މަސްފެކްޓްރީތައް އަދި މަސްވެރި އުޅަނދުތަކައް ކުރާ ކަރަންޓުގެ ހަރަދުގެ 35 ޕަސަންޓަކީ އިއާދަކުރަނިވި ހަކަތައް ހެދުމަކީވެސް އަމާޒެއް ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު