ކަރަންޓުގައި ޖެހުނު ކުދިން ސަލާމަތްކުރަން ދިޔަ ޒުވާނާގެ ހާލު ކްރިޓިކަލް، އޮތީ ވެންޓިލޭޓަރުގައި

A
10 ޖޫން 2024 19:461 މިނިޓުގެ ކިޔުން
Aa

ރ. އުނގޫފާރުގައި މަގުބައްތިއެއް ކައިރީގައި އޮތް ފެންގަނޑަކަށް އެރި އުޅުނު ދެ ކުއްޖަކު ކަރަންޓުގައި ޖެހުމުން، އެ ކުދިން ސަލާމަތްކުރަން އުޅެނިކޮށް ކަރަންޓުގައި ޖެހުނު ޒުވާނާގެ ހާލު ސީރިއަސް ކަމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އުނގޫފާރު ކުޑަކުދިންގެ ޕާކު ކައިރީގައި އޮތް ފެންގަނޑެއްގައި ކުޅެން އުޅެނިކޮށް ކަރަންޓުގައި ޖެހުނީ އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކާއި އަށް އަހަރުގެ ފިރިހެން ކުއްޖެކެވެ. އެ ދެ ކުދިން ސަލާމަތް ކުރަން އުޅެނިކޮށް ކަރަންޓުގައި ޖެހުނީ 18 އަހަރުގެ ޒުވާނެކެވެ.

އުނގޫފާރު ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ކަރަންޓުގައި ޖެހުނު ދެ ކުދިން މިހާރު ވަނީ ފަރުވާއަށްފަހު އެ ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ. ނަމަވެސް 18 އަހަރުގެ ޒުވާނާގެ ހާލު ކްރިޓިކަލް ކަމަށާއި އޭނާއަށް ފަރުވާ ދެމުންދަނީ އައިސީޔޫގެ ވެންޓިލޭޓަރުގައި ކަމަށްވެސް ވިދާޅުވި އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު