ވިޔަފާރިއާއި އުފެއްދުންތެރި ކަމަށް އަމާޒުކޮށް މައުރަޒެއް ބާއްވަނީ

A
10 ޖޫން 2024 19:461 މިނިޓުގެ ކިޔުން
Aa

ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާކުރުމުގެ މަގުސަދުގައި ވިޔަފާރިއާއި އުފެއްދުންތެރިކަމަށް އަމާޒުކޮށް ހާއްސަ މައުރަޒެއް ބޭއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

”ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު“ގެ ނަމުގައި އަންނަ އަހަރުގެ މެއި މަހުގެ ތެރޭގައި އެ މައުރަޒު ބާއްވަން ރައީސް ނިންމެވީ މި ހަފުތާގައި ބޭއްވި ކެބިނެޓް ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ހުށަހެޅި ކަރުދަހާކަށް ކެބިނެޓުގައި މަޝްވަރާ ކުރެއްވުމަށްފަހު ކަމަށެވެ.

ރައީސް އޮފީހުން ބުނީ، އެ މައުރަޒު ވާދަވެރި މާހައުލެއްގައި ބޭއްވޭ މައުރަޒަކަށް ހެދުމަށްޓަކައި ކްރިއޭޓިވް އިކޮނޮމީ ޑިސްޓްރިކްޓާއި ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓާއި އެންޓަޓެއިންމަންޓް ޑިސްޓްރިކްޓް އަދި މާކެޓް ޕްލޭސް ޑިސްޓްރިކްޓް ހިމަނައިގެން އެ މައުރަޒު ބޭއްވުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ.

އެ މައުރަޒު ރާވައި ހިންގާނީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިންނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު