ވިލިމާލޭގައި 10 ބުރިއަށް އިމާރަތް ކުރެވޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފި

A
10 ޖޫން 2024 19:461 މިނިޓުގެ ކިޔުން
Aa

ވިލިމާލޭގައި 10 ބުރިއަށް އިމާރަތް ކުރެވޭ ގޮތަށް ”މާލޭ ޕްލޭނިން ގަވާއިދު“ އިސްލާހު ކޮށްފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ވަނީ އެ ގަވާއިދު އިސްލާހުކޮށް ގެޒެޓުކޮށްފައެވެ. އިސްލާހު ގެނެސްފައިވަނީ ގަވާއިދުގެ ދެވަނަ ބައި ”ވިލިނގިލި އަވަށުގެ ޕްލޭނިން ގަވާއިދު“ ގެ ހަތްވަނަ މާއްދާއަށެވެ.

އިސްލާހުގައިވާ ގޮތުން ދިރިއުޅުމަށް އަދި ދިރިއުޅުމަށް ނޫން އެހެން ބޭނުންތަކަށް ވެސް ދޫކޮށްފައިވާ ގޯތިތަކުގައި 30.48 މީޓަރު ނުވަތަ 100 ފޫޓު އުސްމިނަށް އިމާރަތް ކުރެވޭނެއެވެ. އެއީ 10 ބުރި އިމާރާތެއްގެ އުސްމިނެވެ.

ގަވާއިދަށް ގެނައި އިސްލާހުގައިވަނީ 10 ބުރިއަށް އިމާރަތް ކުރެވޭނީ ފޯމިއުލާއެއްގެ ދަށުން ކަމަށެވެ. އެ ފޯމިއުލާ ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. އާ އިސްލާހުގައިވާ ގޮތުން ދިރިއުޅުމަށް ނޫން ބޭނުންތަކަށް ދޫކޮށްފައިވާ ގޯއްޗެއްގައި 10 ބުރިއަށް އިމާރަތް ކުރެވޭނީ 20،000 ފޫޓަށް ވުރެ އެ ގޯތި ބޮޑު ނަމައެވެ. އަދި 2،000 ފޫޓަށް ވުރެ ގޯތި ކުޑަ ނަމަ، އިމާރާތް ކުރެވޭނީ، ހަ ބުރިއަށް ކަމަށެވެ.

”މާލޭ ޕްލޭނިން ގަވާއިދު“ ގައި ކުރިންވާ ގޮތުން ވިލިމާލޭގައި އެންމެ އުސްކޮށް އިމާރަތް ކުރެވޭނީ ހަ ބުރިއަށެވެ. އެއީ ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގައި، 19.20 މީޓަރު ނުވަތަ 63 ފޫޓު އަދި ދިރިއުޅުމަށް ނޫން ބޭނުންތަކަށް ދޫކޮށްފައިވާ ގޮތީގައި 18.5 މީޓަރު ނުވަތަ 61 ފޫޓެވެ.

ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރެވޭނެ ގޮތަށް ހެދުމަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ މަނިކުފާނު މާލޭގެ މޭޔަރަކަށް ހުންނެވިއިރު ވެސް ވަނީ ވިލިމާލޭގައި 10 ބުރިއަށް އިމާރަތް ކުރެވޭ ގޮތަށް ގަވާއިދު ބަދަލުކުރެވޭތޯ މަސައްކަތް ކުރައްވައިފައެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު