ޔާމީންގެ ވަކީލު ޝިޔާޒް އިކޮނޮމިކް މިނިސްޓްރީގެ ސިޔާސީ މަގާމަށް އައްޔަންކުރައްވައިފި

A
10 ޖޫން 2024 19:461 މިނިޓުގެ ކިޔުން
Aa

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ޝިޔާޒަށް އިކޮނޮމިކް މިނިސްޓްރީގެ ސިޔާސީ އިސް މަގާމަށް އައްޔަންކުރައްވައިފިއެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ޔާމީނަށް 2019 އިން ފެށިގެން ކުރަމުންދިޔަ ދައުވާތަކުގައި އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ސިޔާޒު ބައިވެރިވެވަަޑައިގެންނެވިއެވެ. އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށްކުރި ދައުވާތަކުގައި ދިފާއީ ވަކީލެއްގެ ގޮތުގައި ޝިޔާޒް މަސައްކަތް ކުރެއްވިއެވެ. އެ މައްސަލައިގައި ކުރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން މި މަހު 18 ވަނަ ދުވަހު ބާތިލު ކުރި އިރުވެސް އެ އަޑުއެހުމުގައި ސިޔާޒް ބައިވެރިވެވަޑައިގެންނެވިއެވެ.

އެނގިފައިވާ ގޮތުގައި ޝިޔާޒަށް ސިޔާސީ މަގާމެއް ދީފައިވަނީ ކުރިމިނަލް ކޯޓުގެ ހުކުމް، ހައި ކޯޓުން ބާތިލުކުރުމުގެ އެއް ދުވަސް ކުރިންނެވެ.

ސިޔާޒް ވަނީ ޔާމީންގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު އަދާކުރައްވައިފައެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު