ނައިބު ރައީސް އެފްޑީސީގެ އާ ލޯގޯ އިފުތިތާހުކޮށްދެއްވައިފި

A
10 ޖޫން 2024 19:461 މިނިޓުގެ ކިޔުން
Aa

ފަހި ދިރިއުޅުން ކޯރޕަރޭޝަން ލިމިޓެޑް، (އެފްޑީސީ)ގެ އާ ލޯގޯ، ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު އިފްތިތާހުކޮށްދެއްވައިފިއެވެ.

ނައިބު ރައީސް އެފްޑީސީގެ އާ ލޯގޯ އިފްތިތާހުކޮށްދެއްވީ އެ ކުންފުނީގެ ފަސް ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ކްރޮސްރޯޑްސްގައި ބޭއްވި ހަފުލާގައެވެ.

އެ ހަފުލާގައި އެފްޑީސީން ކުރަމުން އަންނަ މަސައްކަތްތަކާއި، އެކި މަޝްރޫއުތަކުގެ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވަނީ ދައްކާފައެވެ. އަދި މިހާރު ފަށާފައިވާ ހައުސިން ޔުނިޓުތަކުގެ މަސައްކަތްތައް އަވަހަށް ނިންމުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތައް އެ ކުންފުނީގެ ފަރާތުން ވަނީ ހިއްސާކޮށްފައެވެ.

ނައިބު ރައީސް ވަނީ ”ކޮލިޓީ އެޝުއަރަންސް އެވޯޑު“ ހާސިލުކުރި ފަރާތަށާއި، ”އައުޓްސްޓޭންޑިން ކޮންޓްރިބިއުޓަރާ އެވޯޑު“ ހާސިލުކުރި ފަރާތަށް އެވޯޑުތައް ހަވާލުކޮށްދެއްވާފައެވެ. އަދި އަހަރުގެ އެންމެ ރަނގަޅު މުވައްޒަފަށް ދޭ ”އެމްޕްލޯއީ އޮފް ދަ އިޔާ އެވޯޑު“ ވެސް ހަވާލުކޮށްދެއްވީ ނައިބު ރައީސެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު