ސަރުކާރު ކެންޑިޑޭޓާ ދެކޮޅަށް ހޯރަފުށި ކައުންސިލުން ދަނީ އެންޓި ކެމްޕޭން ކުރަމުން: ޕީއެންސީ

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

މިމަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ކޯލިޝަންގެ ފަރާތުން ހޯރަފުށި ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓާ ދެކޮޅަށް ހޯރަފުށި ކައުންސިލުން ދަނީ އެންޓި ކެމްޕެއިން ކުރަމުންކަމަށް ޕީއެންސީން ބުނެފިއެވެ.

ޕީއެންސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ހޯރަފުށީ ކައުންސިލުން ހިންގަމުންދާ ކަންތައްތައް ކުށްވެރިކުރާ ކަމަށެވެ. މިވަގުތު ހޯރަފުށީ ކައުންސިލްގެ އަމާޒު ހުރީ ގާނޫނުން އެކައުންސިލާއި މަތިކޮށްފައިވާ ޒިންމާ އަދާކުރުމަށްވުރެ ބޮޑަށް، ރަސްމީގަޑީގައާއި ނުރަސްމީ ގަޑީގައިވެސް އިދިކޮޅު ކެންޑިޑޭޓްގެ ކެޕްމެއިން ކުރުމަށްކަމަށް ޕީއެންސީން ބުންޏެވެ.

”އެހެންކަމުން ގާނޫނުތަކުގައި ކަނޑައެޅިފައިވާ ހުދޫދުގެ ތެރޭގައި ކެމްޕެއިން ކުރުމަށް މި ކޯލިޝަނުން ހޯރަފުށި ކައުންސިލް މެންމަބަރުންނަށް ގޮވާލަމެވެ. އަދި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ މައްސަލަ ކަމާބެހޭ މުއައްސަސާތަކުން ބަލާ ތަހުގީގުކުރުމަށްވެސް މި ކޯލިޝަނުން ގޮވާލަމަވެ“ ޕީއެންސީން ބުންޏެވެ.

މަޖިލިސް އިންތިހާބާ ދިމާކޮށް ހޯރަފުށިން ގޯތި ދިނުމާއި ގޯތި ބޮޑުކޮށް ދިނުންފަދަ ކަންކަން ކުރަމުންދާކަމުގެ މައުލޫމާތު ލިބެމުންދާކަމަށް ޕީއެންސީން ބުންޏެވެ. އެއީ ކަނޑައެޅިގެން އިންތިހާބުތަކާބެހޭ ގާނޫނާވެސް ހިލާފު ކަމެއްކަމަށް ޕީއެންސީން ބުންޏެވެ

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު