ހަފްތާ ބަދިގެ: ޓޫނާ ސްލައިޑާސް

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

ޓޫނާ ޕެޓީސް ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި

  • 1 ދަޅު މަސް

  • ½ ޖޯޑު ޕާން ކުނޑި

  • ¼ ފިޔާ (ކުދިކޮށް ކޮށާފައި)

  • ½ ޖޯޑު މަޔޮނައިސް

  • 2 މޭޒުމަތީ ސަމުސާ ގިތެޔޮމިރުސް ސޯސް

  • 1 ސައިސަމުސާ އިނގުރު (ގާނާފައި)

  • ކުދި ބާގާ ބަނަސް

ސްލޯ ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި

½ ޖޯޑު ކެބެޖް (ކުދިކޮށް ކޮށާފައި)

  • ½ ޖޯޑު ކެރެޓް (ކުދިކޮށް ކޮށާފައި)

  • 1 ސްޕްރިންގް އަނިއަން (ކުދިކޮށް ކޮށާފައި)

  • 2 މޭޒުމަތީ ސަމުސާ މަޔޮނައިސް

  • 1 މޭޒުމަތީ ސަމުސާ ލުނބޯހުތް

  • 1 ސައިސަމުސާ އިނގުރު (ގާނާފައި)

  • 1 ސައިސަމުސާ ސޯޔާ ސޯސް

  • 1 ލޮނުމެދު (ގާނާފައި)

ތައްޔާރުކުރާނެ ގޮތް

ކޮންޓެއިނަރެއްގައި މަސްދަޅު (ތެޔޮ ވަކިކުރުމަށްފަހު) ފިޔާ، ގިތެޔޮމިރުސް، އިނގުރު، ޕާންކުންޑި، މަޔޮނައިސް އަދި ގިތެޔޮމިރުސް ސޯސް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. އަދި މީގެން ކުދި މަސްފޮތިތަކެއް ތައްޔާރުކުރާށެވެ. ތަވައަކަށް ކުޑަ ތެޔޮކޮޅެއް އެޅުމަށްފަހު މި މަސްފޮތިތައް ފިހެލާށެވެ.

އެހެން ކޮންޓެއިނަރެއްގައި ކެރެޓް، ކެބެޖް، ސްޕްރިންގް އަނިއަން، ލުނބޯހުތް، އިނގުރު، ލޮނުމެދު އަދި މަޔޮނައިސް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.

ބާގާ ތައްޔާރުކުރާ ގޮތަށް ބަނަސް ދެ ފަޅިކޮށްލުމަށްފަހު މީގެ މަތީގައި ތައްޔާރުކުރި މަސް ފޮއްޗެއް ބޭއްވުމަށްފަހު ކުރިން ތައްޔާރުކުރި ސްލޯ ކޮޅެއް މަސްފޮތީގެ މަތީގައި ބަހައްޓާލާށެވެ. ބޭނުންނަމަ މިއަށް ޗީޒްކޮޅެއްވެސް އިތުރުކުރެވިދާނެއެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.