ބޭނުންވާ ތަކެތި
1 ލީޓަރ ފުލް ކްރީމް މިލްކް
1 ޖޯޑު ކޯން ފްލާ
1 ޖޯޑު ހެވީ ކްރީމް
1 ޖޯޑު ކޯސްޓް ކިރު
1 މޭޒުމަތީ ސަމުސާ ރޯޒް ވޯޓާ
ޖެލީ ތައްޔާރުކުރުމަށް
މެންޖޯ ޖެލީ ޕެކެޓް
1 ½ ޖޯޑު ފެން
ތައްޔާރުކުރާނެ ގޮތް
ތަވައަކަށް ކިރު އަދި ހަކުރު އެޅުމަށްފަހު މަޑުގިނީގައި ހަލަމުން ކައްކާލާށެވެ. ދެން މީގެ ތެރެއަށް ކޯސްޓް ކިރު އަޅައި އެއްކުރުމަށްފަހު ކޯން ފްލާ އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ހެވީ ކްރީމް އަޅައި އެއްކޮށްލާށެވެ. ދެން މީގެ ތެރެއަށް ރޯޒް ވޯޓާ އަޅައި އެއްކުރުމަށްފަހު މަޑު ގިނީގައި އޮލަވަންދެން ކައްކާލާށެވެ. ދެން މި މިކްސް ޓްރޭއަކަށް އަޅައި ފިނިކުރުމަށް ފްރިޖުގައި ބަހައްޓާލާށެވެ.
ޖެލީކޮޅު ތައްޔާރުކުރުމަށް އެހެން ތަވައަކަށް ފެން އެޅުމަށްފަހު ފެން ކެކެން ފެށުމުން ޖެލީ ޕެކެޓް އަޅައި އެއްކޮށްލާށެވެ. އެއަށްފަހު ހިހޫ ވުމުން ފިނިކޮށްފައި ހުރި މަހަލްބިއާ ތަށީގެ މަތީގައި ސެޓް ކުރުމަށް 10 މިނެޓް ބަހައްޓާލާށެވެ.










ކޮމެންޓް