ބޭނުންވާ ތަކެތި
1 ޕެކެޓް ޑައިޖެސްޓިވް ބިސްކޯދު
10 ސްޓްރޯބެރީ (ކޮށާފައި)
¼ ޖޯޑު ބަޓަރު (ދިޔާކޮށްފައި)
1 ޖޯޑު ދިޔާ ކިރު
1 މޭޒުމަތީ ސަމުސާ ކޯން ފްލާ
½ ޖޯޑު ގެރިކިރު
¼ ޖޯދު ހަކުރު
1 ޕެކެޓް ސްޓްރޯބެރީ ޖެލީ ޕައުޑަރު
ތައްޔާރުކުރާނެ ގޮތް
ކޮންޓެއިނަރަކަށް ޑައިޖެސްޓިވް ބިސްކޯދުތައް ފުނޑުކޮށްލާށެވެ. ދެން މީގެ ތެރެއަށް ދިޔާކޮށްފައި ހުރި ބަޓަރު އެޅުމަށްފަހު އެއްކޮށްލާށެވެ. ޓްރޭއަކަށް މި ބިސްކޯދުތައް އެޅުމަށްފަހު ޓްރޭގެ ފުލުގައި މި ބިސްކޯދު ލޭޔާއެއް ފަތުރާލާށެވެ.
ތަވައަކަށް ކިރު، ގެރިކިރު އަދި ކޯން ފްލާ އެޅުމަށްފަހު މަޑުގިނީގައި ކިރުކޮޅު އޮލަވަންދެން ހަލަމުން ކައްކާލާށެވެ. ކިރުކޮޅު އޮލަވުމުން ކުރިން ތައްޔާރުކުރި ބިސްކޯދު ލޭޔާގެ މައްޗަށް މި ކިރުކޮޅު އެޅުމަށްފަހު ފަތުރާލާށެވެ.
އެހެން ތަވައަކަށް ސްޓްރޯބެރީ އަދި ހަކުރު އެޅުމަށްފަހު ސްޓްރޯބެރީކޮޅު މަޑުވަންދެން ކައްކާލާށެވެ. ދެން މީގެ ތެރެއަށް ޖެލީ ޕައުޑަރުގެ ދެބައިކުޅަ އެއްބައި އެޅުމަށްފަހު ދެން މީގެ ތެރެއަށް ކޯން ފްލާ ސަމްސަލެއް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. މި މިކްސް ހިހޫވުމުން ކުރިން ތައްޔާރު ކުރި ޓްރޭގެ މައްޗަށް އަޅާލުމަށްފަހު ފަތުރާލާށެވެ. އަދި ފްރިޖުގައި ފިނިކުރުމަށް ދެ ގަޑިއިރު ބަހައްޓާލާށެވެ.










ކޮމެންޓް