ބޭނުންވާ ތަކެތި
ފުށްގަނޑު ތައްޔާރުކުރުމަށް:
2/3 ޖޯޑު ދިޔާކިރު
¼ ޖޯޑު ހަކުރު
2 ސައިސަމުސާ އީސްޓް
2 ½ ޖޯޑު ފުށް
1 ބިސް
1 ސައިސަމުސާ ލޮނު
¼ ޖޯޑު އަންސޯލްޓަޑް ބަޓަރު
ފިލިން ތައްޔާރުކުރުމަށް:
¼ ޖޯޑު އަންސޯލްޓަޑް ބަޓަރު
½ ޖޯޑު ބްރައުން ޝުގާ
1 މޭޒުމަތީ ސަމުސާ ސިނަމަން
½ ސައިސަމުސާ ލޮނު
¼ ޖޯޑު ދިޔާކިރު
ފްރޮސްޓިން ތައްޔާރުކުރުމަށް:
4 އައުންސް ކްރިމް ޗީޒް
3 މެޒުމަތީ ސަމުސާ އަންސޯލްޓަޑް ބަޓަރު
2 މޭޒުމަތީ ސަމުސާ ކިރު
½ ޖޯޑު އައިސިން ޝުގާ
ތައްޔާރުކުރާނެ ގޮތް
ކިރުކޮޅު ހޫނުކުރުމަށްފަހު ކޮންޓެއިނަރަކަށް އަޅައިލާށެވެ. ދެން މީގެ ތެރެއަށް އީސްޓް އަޅައި 10 މިނެޓް ވަންދެން އެއްފަރާތެއްގައި ބަހައްޓާލާށެވެ. އިރުކޮޅެއް ފަހުން މީގެ ތެރެއަށް ހަކުރު, ފުށް, ބިސް, ބަޓަރު އަދި ލޮނު އެޅުމަށްފަހު ފުށްގަނޑު މޮޑެލާށެވެ. ފުށްގަނޑު ރަނގަޅަށް މޮޑުމަށްފަހު މަތިޖަހައި 2 ގަޑިއިރު ވަންދެން އެއްފަރާތެއްްގައި ބަހައްޓާލާށެވެ.
އެހެން ކޮންޓެއިނަރެއްގައި ބަޓަރު, ސިނަމަން, ލޮނު އަދި ހަކުރު ރަނގަޅަށް އެއްކޮށްލާށެވެ.
ފުށްގަނޑު ނެގުމަށްފަހު ރޮށި ދަމާ އެތި ބޭނުންކޮށްގެން މި ފުށްގަނޑު ހަތަރެސްކަން ބައްޓަމަށް ދަމާލާށެވެ. ދެން މީގެ މަތީގައި ތައްޔާރުކުރި ފިލިން މިކްސް ފަތުރާލާށެވެ. އެއަށްފަހު މި ފުށްގަނޑު 6 ބަޔަށް ދިގަށްވާ ގޮތަށް ކަފާލާށެވެ. ދެން މިއިން ކޮންމެބައެއް އޮޅާލާށެވެ. އެއަށްފަހު މި ރޮލްތައް ޓްރޭއަކަށް އަޅައި މަތި ޖެހުމަށްފަހު 45 މިނެޓް ވަންދެން އެއްފަރާތެއްގައި ބަހައްޓާލާށެވެ.
އަވަން 180 ޑިގްރީ ސެލްސިއަސްއަށް ހޫނުކުރުމަށްފަހު މި ރޯލްތަކުގެ މައްޗަށް ކިރުކޮޅު އަޅާލާށެވެ. ދެން މި ރޯލްތައް އަވަންގައި 25 މިނެޓް ވަންދެން ފިހެލާށެވެ.
ފްރޮސްޓިން ތައްޔާރުކުރުމަށް ކޮންޓެއިނަރެއްގައި ކްރީމް ޗީޒް, ބަޓަރު, ކިރު އަދި އިއިސިން ޝުގާ ރަނގަޅަށް އެއްކޮށްލާށެވެ.
ރޯލްތައް ކުޑަކޮށް ހިހޫވުމުން މީގެ މަތީގައި ފްރޮސްޓިންގް ހަކާލާށެވެ.










ކޮމެންޓް