ބޭނުންވާ ތަކެތި
3 އަލުވި (މަޑުކޮށް، ޗަސްކޮށްފައި)
1 ސައިސަމުސާ ޗިލީ ފްލޭކްސް
1 ސައިސަމުސާ ޗިލީ ޕައުޑަރު
ރަހަލާވަރަށް ލޮނު
1 ސައިސަމުސާ އަނިއަން ޕައުޑަރު
1 ސައިސަމުސާ އަސޭމިރުސް
¼ ޖޯޑު ހަނޑޫ ފުށް (ހިމުން)
2 ދަޅު ޗިކަން (މަސްދަޅު ވައްތަރު)
1 ޕެކެޓް ޕްލެއިން ފަރާޓާ
2 ބިސް (ގިރާފައި)
މޮޒަރެއްލާ ޗީޒް (ގާނާފައި)
ތައްޔާރުކުރާނެ ގޮތް
ކޮންޓެއިނަރަކަށް އަލުވި، ޗިލީ ފްލޭކްސް، ޗިލީ ޕައުޑަރު، ލޮނު، އަސޭމިރުސް، އަނިއަން ޕައުޑަރު އަދި ހަނޑޫ ފުށް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ދެން މީގެ ތެރެއަށް ކުކުޅު މަސްދަޅު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.
ފަރާޓާއެއް ނެގުމަށްފަހު ބިސްކޮޅެއް މީގެ މަތީގައި ފަތުރާލާށެވެ. އެއަށްފަހު ތައްޔާރުކުރި އަލުވިކޮޅެއް މީގެ މަތީގައި ފަތުރާލުމަށްފަހު ޗީޒް ކޮޅެއް މީގެ މަތީގައި ފަތުރާލާށެވެ. ދެން މި ފަރާޓާ ދިގަށްވާ ގޮތަށް ބައިބައި ކޮށްލާށެވެ.
އެއަށްފަހު މިއިން ކޮންމެ ބައެއް ރޯލް އެއްހެން އޮޅާލާށެވެ. ތަވައަކަށް ކުޑަ ތެޔޮކޮޅެއް އެޅުމަށްފަހު މި ފަރާޓާ ރޯލްތައް ފިހެލާށެވެ.










ކޮމެންޓް