ހަފްތާ ބަދިގެ: ފްރޫޓީ ޑިލައިޓް

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

ބޭނުންވާ ތަކެތި

  • 1 ދަޅު ގެރިކިރު

  • 1 ތަށި ޕްލެއިން ޔޯގަޓް

  • 1 އާފަލު (ކުދިކޮށް ކޮށާފައި)

  • 1 ޖޯޑު ފެހި ގްރޭޕްސް (ކުދިކޮށް ކޮށާފައި)

  • 1 ޖޯޑު ރަތް ގްރޭޕްސް (ކުދިކޮށް ކޮށާފައި

  • 1 އަންނާރުގެ އޮށް

  • 1 އޮރެންޖް (ކުދިކޮށް ކޮށާފައި)

  • 1 ސައިސަމުސާ ކާޑަމަން ޕައުޑަރ

  • 1 ޖޯޑު ނަޓްސް (ބޭނުން ވައްތަރެއް/ ކުދިކޮށް ކޮށާފައި)

ތައްޔާރުކުރާނެ ގޮތް

ކޮންޓެއިނަރަކަށް ޔޯގަޓް އަދި ގެރިކިރު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ދެން މީގެ ތެރެއަށް ކާޑަމަން ޕައުޑަރު އެޅުމަށްފަހު އެއްކޮށްލާށެވެ. ދެން މީގެ ތެރެއަށް ކޮށާފައި ހުރި ފުރުޓްކޮޅު (ރެސިޕީގައި ހުރި ފުރުޓް ނޫން އެއްޗެހިވެސް ރަނގަޅުވާނެ) އަދި ނަޓްސްކޮޅު އަޅައި އެއްކޮށްލާށެވެ. އެއަށްފަހު ފިނި ކުރުމަށް ފްރިޖަށް ލާށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.