ހަފްތާ ބަދިގެ: ޗިކަން ބާބަކިއު ސްލައިޑާސް

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

ބޭނުންވާ ތަކެތި

– ކުކުޅުކޮޅު ތައްޔާރުކުރުމަށް:

  • 200ގ ބޯންލެސް ކުކުޅު (ކުދިކޮށް ކޮށާފައި)

  • ރަހަލާވަރަށް ލޮނު

  • 1 ސައިސަމުސާ ގާލިކް ޕައުޑަރު

  • ½ ސައިސަމުސާ އަސޭމިރުސް

  • 1 ސައިސަމުސާ ކައޭން ޕެޕާ

  • މޮޒަރެއްލާ ޗީޒް (ގާނާފައި)

– ބާބަކިއު ސޯސް ތައްޔާރުކުރުމަށް:

  • ½ ޖޯޑު ބާބަކިއު ސޯސް

  • 2 މޭޒުމަތީ ސަމުސާ މަޔޮނައިސް

  • 2 މޭޒުމަތީ ސަމުސާ ޗިލީ ގާލިކް ސޯސް

– ގާލިކް ބަޓާ ތައްޔާރުކުރުމަށް:

  • 2 މޭޒުމަތީ ސަމުސާ އަންސޯލަޓަޑް ބަޓަރު

  • ½ ސައިސަމުސާ ގާލިކް ޕައުޑަރު

  • ބާގާ ބަނަސް

ތައްޔާރުކުރާނެ ގޮތް

ކޮންޓެއިނަރަކަށް ކުކުޅު، ލޮނު، ގާލިކް ޕައުޑަރު، އަސޭމިރުސް އަދި ކައޭން ޕެޕާ އެޅުމަށްފަހު އެއްކޮށްލާށެވެ. ތަވައަކަށް ކުޑަ ތެޔޮކޮޅެއް އެޅުމަށްފަހު ކުކުޅުކޮޅު ރޯފިލުވާލާށެވެ. ދެން މީގެ ތެރެއަށް ބާބަކިއު ސޯސް، މަޔޮނައިސް އަދި ޗިލީ ގާލިކް ސޯސް އެޅުމަށްފަހު އެއްކޮށްލާށެވެ. ގާލިކް ބަޓަރު ތައްޔާރުކުރުމަށް ބަޓަރު އަދި ގާލިކް ޕައުޑަރު އެއްކޮށްލާށެވެ.

ބާގާ ބަނަސްތައް ދެފަޅި ކުރުމަށްފަހު މި ބަނަހުގެ އެއްފަޅީގައި ތައްޔާރުކުރި ކުކުޅު ފިލިން ފަތުރާލާށެވެ. އަނެއް ފަޅީގައި ޗީޒްކޮޅެއް ފަތުރާލުމަށްފަހު މި ބަނަސްތަކުގެ މަތީގައި ގާލިކް ބަޓާ ކޮޅެއް ފަތުރާލުމަށްފަހު ހޫނުކުރެވިފައިވާ އަވަން އެއްގައި 10 މިނެޓް ވަންދެން މި ބަނަސްތައް ފިހެލާށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.