ބޭނުންވާ ތަކެތި
– މިލްކް ކޮޅު ތައްޔާރުކުރުމަށް:
1 ½ ޖޯޑު ދިޔާ ކިރު
2 މޭޒުމަތީ ސަމުސާ ހަކުރު
1 ސައިސަމުސާ އިންސްޓަންޓް ކޮފީ ޕައުޑަރު
– ކްރީމްކޮޅު ތައްޔާރުކުރުމަށް:
3 މޭޒުމަތީ ސަމުސާ ވިޕިންގ ކްރީމް
1 ½ ސައިސަމުސާ އިންސްޓަންޓް ކޮފީ ޕައުޑަރު
1 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑަރު
– ފިލިން ތައްޔާރުކުރުމަށް:
1 ޖޯޑު ވިޕިންގ ކްރީމް
4 މޭޒުމަތީ ސަމުސާ ޕައުޑާޑް ޝުގާ
1 ޕެކެޓް މާރީ ބިސްކޯދު
ތައްޔާރުކުރާނެ ގޮތް
ތަވައަކަށް ކިރު، ހަކުރު އަދި ކޮފީ އެޅުމަށްފަހު ހަލަމުން ކައްކާލާށެވެ.
އެހެން ކޮންޓެއިނަރެއްގައި ވިޕިންގް ކްރީމް، ކޮކޯ ޕައުޑަރު އަދި ކޮފީ ޕައުޑަރު ރަނގަޅަށް އެއްކޮށްލާށެވެ.
އިތުރު ކޮންޓެއިނަރެއްގައި ވިޕިން ކްރީމް އަދި ޕައުޑާޑް ޝުގާ ރަނގަޅަށް އެއްކޮށްލާށެވެ. ދެން މީގެ ތެރެއަށް ކުރިން ތައްޔާރުކުރި ކޮކޯ މިކްސް އެޅުމަށްފަހު އެއްކޮށްލާށެވެ.
ބިސްކޯދުތައް އެންމެ ފުރަތަމަ ތައްޔާރުކުރި ކިރަށް ލުމަށްފަހު ޓްރޭގެ ފުލުގައި ލޭޔާވާ ގޮތަށް ފަތުރާލާށެވެ. ދެން މީގެ މައްޗަށް ތައްޔާރުކުރި ކްރީމްގަނޑުން އެތިކޮޅެއް އެޅުމަށްފަހު ބިސްކޯދުތަކުގެ މަތީގައި ފަތުރާލާށެވެ.
މިގޮތަށް ބިސްކޯދު އަދި ކްރީމް ލޭޔާކުރަމުން ގެންދާށެވެ. އެއަށްފަހު ފްރިޖަށް ލައި ފިނިކޮށްލާށެވެ.










ކޮމެންޓް