ހަފްތާ ބަދިގެ: ޗިކަން ޗީޒް ބޯލްސް

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

ބޭނުންވާ ތަކެތި

  • 500ގ ކުކުޅު (މިންސްޑް)

  • 2 މޭޒުމަތީ ސަމުސާ ޖިންޖާ ގާލިކް ޕޭސްޓް

  • 1 މޭޒުމަތީ ސަމުސާ ޗިލީ ފްލޭކްސް

  • ½ މޭޒުމަތީ ސަމުސާ އަސޭމިރުސް

  • ރަހަލާވަރަށް ލޮނު

  • 1 މޭޒުމަތީ ސަމުސާ އޮނިއަން ޕައުޑަރު

  • 1 މޭޒުމަތީ ސަމުސާ ތެޔޮ

  • މޮޒަރެއްލާ ޗީޒް (ގާނާފައި)

  • ފާރޮށި ކުނޑި

  • ފުށް

  • ބިސް

ތައްޔާރުކުރާނެ ގޮތް

ކޮންޓެއިނަރަކަށް މިންސް ކުކުޅު، ޖިންޖާ ގާލިކް ޕޭސްޓް، ޗިލީ ފްލޭކްސް، އަސޭމިރުސް، ލޮނު، އެނިއަން ޕައުޑަރު އަދި ތެޔޮ އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. ދެން މި މަސްގަނޑުން ގުޅަ ހެދުމަށްފަހު މި ގުޅަ ތެރެއަށް ޗީޒްކޮޅެއް ލުމަށްފަހު މި ގުޅަ ބައްދާލާށެވެ. ދެން މި ގުޅަތައް ފުށަށްލައި ބިހަށް ލުމަށްފަހު ފާރޮށި ކުނޑިއަށް ލާށެވެ.

އަދި ގުޅަތައް މަޑު ގިނީގައި ރަން މުށިކުލަ އަރަންދެން ތެލުލާށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.