ހަފްތާ ބަދިގެ: ނޯ ބޭކް އޯރިއޯ ބިސްކަޓް ޕުޑިން

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

ބޭނުންވާ ތަކެތި

  • 200ގ ކްރީމް ޗީޒް

  • 1 ޕެކެޓްއ ވިޕްޑް ކްރީމް ޕައުޑަރު

  • 2 ދަޅު ނެސްލޭ ކްރީމް

  • 1 ޖޯޑު ގެރިކިރު

  • 1 ޕެކެޓް ދިޔާކިރު

  • 2 ޕެކެޓް އޯރިއޯ ބިސްކޯދު

  • 1 ޕެކެޓް މާރީ ބިސްކޯދު

  • 3 މޭޒުމަތީ ސަމުސާ ނަޓެއްލާ

ތައްޔާރުކުރާނެ ގޮތް

ކޮންޓެއިނަރަކަށް ކްރީމް ޗީޒް، ވިޕްޑް ކްރީމް ޕައުޑަރު، 1 ދަޅު ނެސްލޭ ކްރީމް އަދި ގެރިކިރު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.

އޯރިއޯ ބިސްކޯދުތައް ދިޔާކިރަށް ލުމަށްފަހު ޓްރޭއެއްގެ ފުލުގައި އަތުރާލާށެވެ. ދެން މީގެ މައްޗަށް ތައްޔާރުކުރި ކްރީމްކޮޅުން އަޅައި މީގެ މަތީގައި ފަތުރާލާށެވެ. ދެން މީގެ މަތީގައި މާރީ ބިސްކޯދުވެސް ކިރަށް ލުމަށްފަހު ފަތުރާލާށެވެ.

އެހެން ކޮންޓެއިނަރެއްގައި ނެސްލޭ ކްރީމް އަދި ނަޓެއްލާ އެއްކޮށްލާށެވެ. އެއަށްފަހު މާރީ ބިސްކޯދުތަކުގެ މަތީގައި މި ކްރީމްކޮޅު ފަތުރާލާށެވެ. އެއަށްފަހު މީގެ މަތީގައި އޯރިއޯ ބިސްކޯދުތައް ފަތުރާލާށެވެ. ދެން މި މިކްސް ފްރިޖްގައި ފިނިކޮށްލާށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.