ހަފްތާ ބަދިގެ: ޕަފް ޕިއްޒާ ޓްވިސްޓީ

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

ބޭނުންވާ ތަކެތި

  • ޕަފް ޕޭސްޓްރީ ޝީޓް

  • މޮޒަރެއްލާ ޗީޒް (ގާނާފައި)

  • ޕިއްޒާ ސޯސް

  • 1 ޖޯޑު އޮލިވް (ތުނިކޮށް ކޮށާފައި)

  • 1 ބިސް (ގިރާފައި)

ތައްޔާރުކުރާނެ ގޮތް

ޕަފް ޕޭސްޓްރީ ޝީޓް ދަމާލުމަށްފަހު މީގެ މަތީގައި ޕިއްޒާ ސޯސް ފަތުރާލާށެވެ. ދެން މީގެ މަތީގައި ޗީޒް އަދި އޮލިވްތައް ފަތުރާލާށެވެ. އެއަށްފަހު މި ޝީޓްގެ މަތީގައި އިތުރު ޕަފް ޝީޓެއް ބާއްވާލާށެވެ.

ދެން ވަޅިއެއް ބޭނުންކޮށްގެން މި ޝީޓްތަކުން ދިގަށްވާ ގޮތަށް ބައިބައި ކުރާށެވެ. އެއަށްފަހު މި ދިގު ސްޓިޕްތައް މަޑުމަޑުން އޮޅާލާށެވެ.

ދެން މި ސްޓްރިޕްސް ތަކުގައި ގިރާފައި ހުރި ބިސް ހާކާލުމަށްފަހު 180 ޑިގްރީ ސެލްސިއަސްއަށް ހޫނުކުރެވިފައިވާ އަވަންއެއްގައި މި ސްޓްރިޕްތައް ފިހެލާށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.