ކަރަން ޖޯހަރް ފުރަތަަމަ ފަހަރަށް ރާއްޖެއަށް

މ
24 މާރިޗު 2025 19:451 މިނިޓުގެ ކިޔުން
Aa

އިންޑިއާގެ ފިލްމު އިންޑަސްޓްރީ، ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރް ފުރަތަމަ ފަހަރަށް ރާއްޖެ އަތުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތްތެރިކޮށް އުޅޭ ކަރަން ދަނީ އޭނާ ރާއްޖޭގައި ހޭދަކުރަމުން އަންނަ ޗުއްޓީގެ ފޮޓޯތަކާއި ވީޑިއޯތައް ފޭނުންނާ ހިއްސާ ކުރަމުންނެވެ.

އެގޮތުން އޭނާ އިންސްޓަގުރާމަށް ލާފައިވާ ފޮޓޯއަކުން އެނގޭ ގޮތުގައި އޭނާ ޗުއްޓީ ހޭދަކުރަމުންދަނީ ކ. ގާފަރު ކައިރީގައި އޮންނަ ޖުމޭރާ އޮޅަހަލި އައިލެންޑް ރިސޯޓުގެ ވޯޓާ ވިލާއެއްގަ އެވެ.

ކަރަން ޖުމޭރާގައި ހޭދަކުރި ޗުއްޓީގެ ފޮޓޯތައް ނަގާފައިވަނީ އެ ރިސޯޓުގައި މަސައްކަތްކުރާ ބިދޭސީ ފޮޓޯގްރަފާއެކެވެ. މިއީ ކަރަން ރާއްޖެއަށް ކުރި ފުރަތަމަ ދަތުރު ނަމަވެސް އޭނާ ކުރި އެހެން ޕޯސްޓެއްގައި ވަނީ އަދި ރާއްޖެ އަންނަން ބޭނުންވާ ކަމަށް ބުނެފައެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.